37.8 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް 366 މިލިޔަން ރުފިޔާ އިތުރުކުރުމަށްފަހު 37.8 ބިލިޔަން ރުފިޔާގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކޮށްފ...

05 Dec 2019 | 08:58

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް 366 މިލިޔަން ރުފިޔާ އިތުރުކުރުމަށްފަހު 37.8 ބިލިޔަން ރުފިޔާގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅީ 37.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް 366 މިލިޔަން ރުފިޔާ އިތުރުކުރަން ނިންމިއެވެ.

77 މެމްބަރުންގެ އަގުލަބިއްޔަތުން މިއަދު ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ހުށަހެޅި ގޮތަށެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް