ހިޔާ ފްލެޓު އެޗ5ް ގެ ރައްޔިތުންނާއި އެކު ޝުޖާއު ހިޔާ ސަރަހައްދު ސާފުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީ ކޮށްފައި ހުރި ހިޔާ ފްލެޓްތަކުގެ ތެރެއިން އެޗް5 ގައި ދިރިއުޅޭ ރައްޔިތުންނާއިއެކު އެ ސަރަހައްދު ސާފު ކުރުމުގައި ހުޅުމާލެ ދާއިރާގެ ކައުންސެލަރ އިބްރާހިމް ޝުޖާއު ބައިވެރިވެވަ...

05 Nov 2021 | 14:04

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީ ކޮށްފައި ހުރި ހިޔާ ފްލެޓްތަކުގެ ތެރެއިން އެޗް5 ގައި ދިރިއުޅޭ ރައްޔިތުންނާއިއެކު އެ ސަރަހައްދު ސާފު ކުރުމުގައި ހުޅުމާލެ ދާއިރާގެ ކައުންސެލަރ އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންފި އެވެ.

ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ހިޔާ-5ގެ ރައްޔިތުން މިއަދު އިސްނަގައިގެން ފެށި ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމުގައެވެ. އަދި ހިޔާ މާހައުލު ސާފު ކޮށް ބޭއްވުމަށްޓަކައި ސަރުކާރުން ދޭ އަހައްމިއްޔަތު ކަން ކުޑަ ކަމުގައެވެ.

އިތުރަށް ވިދާޅުވެފައިވަނީ ހިޔާ ސާފުކޮށް ބޭއްވުމަށާއި ހިޔާގެ ރައްޔިތުންގެ ބަސް އަހާނެ މީހެއްގެ ގޮތުގައި ހުޅުމާލެ ކައުންސިލަރ އަބަދުވެސް ހުންނާނެކަމުގެ ޔަޤީން ކަން އަރުވާކަމުގަ އެވެ.

https://twitter.com/IbrahimShujaau/status/1456518490530074633

މިހާރުވެސް އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭމީހުންގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި އެޅުމަށް ހަ ޕޮއިންޓެއް ކަނޑައަޅާފަ އެވެ.

އެޗްޑީސީގެ އިތުރުން ވެމްކޯއިން ވެސް ދަނީ އެ ސަރަހައްދަށް އަޅާ ކުުނިތައް ނެގުމުގެ މަސައްކަތް ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް