އުރީދޫގެ އިންޓަރނެޓްގެ ޚިދުމަތް ޚާއްސަ ޕްރޮމޯޝަނަކާއެކު ހިޔާ ފްލެޓްތަކަށް

އުރީދޫ މޯލްޑިވްސް އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ) އާއި އެކު ޕާރޓްނަރވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚި...

05 Nov 2021 | 13:59

އުރީދޫ މޯލްޑިވްސް އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ) އާއި އެކު ޕާރޓްނަރވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

މި ޕާރޓްނަރޝިޕް ގާއިމް ކުރެވިފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގަ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގައި އެހީތެރިވެދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ސުޕަރނެޓް ޚިދުމަތަށް އެދިލައްވާ ފަރާތްތަކަށް ޚާއްސަ އޮފަރއެއްގެ ދަށުން ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ކޮށްދީފަ އެވެ.

ސުޕަރނެޓްގެ ހައިސްޕީޑް އިންޓަރނެޓްގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތަށް އެދިލައްވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ލިބި، ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް މުޖުތަމައުތަކަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް ޙިދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވާއިރު ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

"އެހެންކަމުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތާއެކު، އިންޓަރނެޓްގެ ފުރހިމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަރނެޓް ޕޯޓްފޯލިއޯ ދާދި ފަހުން ގެނެވިފައިވާ ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހައި ސްޕީޑްތަކާއެކު ޑޭޓާ ރޯލްއޯވަރ އަދި ސުޕަރނެޓް ވޮއިސްގެ ޚިދުމަތްވެސް ލިބިގެންދާނެ. މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ހެޔޮ އަގުގައި އެންމެ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒް ވިދާޅުވި އެވެ.

ދާދި ފަހުން، އުރީދޫ އިން ވަނީ ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކަށް އެކަށޭނެހެން، ސުޕަނެޓް ޕޯޓްފޯލިއޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާއެކު 100% އާއި ހަމައަށް ޑޭޓާ އެލަވަންސްތައް އިތުރުކުރެވިފައިވުމާއެކު ސުޕަރނެޓް ގެ ޕްލޭންތަކަކީ މިހާރު މާކެޓްގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ  ލިބޭ ޕްލޭންތަކެކެވެ.

މީގެ އިތުރުން އަންލިމިޓެޑް ޑޭޓާ ރޯލްއޯވަރ އާއި ސުޕަރނެޓް ވޮއިސް - ލޭންޑްލައިންގެ ޚިދުމަތް ވެސް ސުޕަރނެޓް ކަސްޓަމަރުންނަށް ލިބިގެން ދެއެވެ. އުރީދޫ ކްލަބް ޕްރިމިއަރ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް، ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، ލޯކަލް އަދި އިންޓަރނޭޝަނަލް ބްރޭންޑްތަކާއި ޕްލެޓްފޯމްތަކުން ހާއްސް އޮފަރތައް ލިބިގެންދާނެ އެވެ.

ރާއްޖޭގެ އާބާދީގެ 75%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުން ނެވެ.

ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން އަރުވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް