ޗައިނާގެ ޒުވާނުންގެ ބޮޑު އިންސައްތައެއް ދަރަނިވެރިވުމުގެ ކޮޅުމަތި ފެންނަންފަށައިފި

ޗައިނާގެ ޒުވާނުންގެ ބޮޑު އިންސައްތައެއް ދަރަނިވެރިވުމުގެ ކޮޅުމަތި ފެންނަންފަށައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ 86.6 އިންސައްތަ މިހާރުވެސް ވަނީ...

05 Nov 2021 | 13:24

ޗައިނާގެ ޒުވާނުންގެ ބޮޑު އިންސައްތައެއް ދަރަނިވެރިވުމުގެ ކޮޅުމަތި ފެންނަންފަށައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ 86.6 އިންސައްތަ މިހާރުވެސް ވަނީ ދަރަނިވެރި ވެފަ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެތެރޭގައި މި އަދަދތު އިތުރުވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޮޑަށް ދަރަނިވެރުވެފައިވަނީ 1990 ވަނަ އަހަރު އުފަންވެފައިވާ 175 މިލިއަނެއްހާ ޒުވާނުން ނެވެ.

ޕީޕަލްސް ޑެއިލީގައިވާ ގޮތުން ޗައިނާގެ ޒުވާން އާބާދީގެ މީހުންގެ މެދުގައި ޚަރަދު ކުރާ ނިސްބަތް އޮތީ ކަންބޮޑުވާހާ ހިސާބުގަ އެވެ.

މިއީ ބޭންކް އޮފް ޗައިނާގެ ކޮންސިއުމަރ ފައިނޭންސް އަދި އެބޭންކުގެ ޑޭޓާ ޕްލެޓްފޯމް ޑޭޓާގޫ މެދުވެރިކޮށް ހަދާފާއިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެ ނޫހުން ބުނެފައިވާ އެއްޗެކެވެ.

ޗައިނާގެ އުމުރުން 18 އަހަރާ 32 އަހަރާ ދެމެދުގެ އާބާދީގެ ހޭދަކުރުމުގެ އާދަތައް ދައްކާ ގޮތުން "މިހާރު ގަނެފައި ފަހުން ލާރިދައްކަން" ބުނާ ސްކީމްތައް މިމީހުންގެ މެދުގައި މަގުބޫލެވެ. އަދި މިމީހުންނަކީ އަގު މުދަލަށް ޝައުގުވެރިވާ އަދި އައު ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ މީހުން ނެވެ. މިމީހުން ޚަރަދު ކުރުމަށް ފަރުވާލެއް ނުބަހައްޓަ އެވެ.

ޕީޕަލްސް ޑެއިލީ ބުނާ ގޮތުން މިމީހުންނަކީ މަސައްކަތް ފަސޭހަކޮށްދޭ ވައްތަރުގެ ސާމާނު ގަތުމަށް ވެސް އަވަހަށް ހޭދަ ކުރާ ބައެކެވެ. އެގޮތުން ބޫޓާއި ދޮންނަ މެޝިން ނުވަތަ ނާސްތާ ހަދައިދޭ މެޝިން ނުވަތަ ބިސް ކައްކާ މެޝިންފަދަ އާލާތްތަކަކީ މިމީހުންގެ މެދުގައި މަގުބޫލު ތަކެއްޗެވެ.

ސޭލް އަޅުވާފައި އޮންނަ ދުވަސްވަރު މިފަދަ ސާމާނުތަކަށް ސާރޗްކުރާ ނިސްބަތް އިތުރުވާ އިރު، ތިން ލައްކަ ފަހަރަށް އީ ކޮމަރސް ޕްލެޓްފޯމްތަކުގައި މިފަދަ ތަކެއްޗަށް ސާރޗްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ. މިއީ ކުރީ އަހަރުގެ އެ މޫސުމަށްވުރެ 200 ގުނަ އިތުރު އަދަދެކެވެ.

މީގެ އިތުރުން ޕެޓް ޝޮޕްތަކާއި ރީތިވުމުގެ ސާމާނު ވިއްކާ އަދި އެފަދަ ޚިދުމަތްދޭ ތަންތަނަށް ވެސް މިމީހުން ހޭދަކުރާ ނިސްބަތް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް