ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލަނީ

ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރަން އ...

05 Nov 2021 | 12:18

ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރަން އަންގައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެފަދަ އުޅަނދުތައް ކައުންސިލުގައި ރަޖިސްޓްރީވުމަށް ސިޓީ ކައުންސިލުން އެދޭ ކަމަށެވެ.

ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ މިމުއްދަތުގެ ފަހުން ވެސް ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައް ވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

މި ކަމަށް އެދި ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް ގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ވިލިމާލޭގައި ދުއްވުމަށް ހުއްދަދީފައިވަނީ ހަމައެކަނި ބެޓެރީ އުޅަނދުތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް