ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މަރެއް - ޖުމްލަ 245 އަށް އަރައިފި

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ...

05 Nov 2021 | 12:02

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާކުރަމުން ގެންދަނިކޮށް މިއަދު ހެނދުނު 11:46 ގައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 88،386 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 86،168 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

https://twitter.com/HPA_MV/status/1456575295473995781

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް