ސެރީނާ ވިލިއަމްސް ރާއްޖޭގައި

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. އޭނާގެ އިންސްޓަގްރާމް ފޮޓޯތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އިތާފުށީގައެވެ. އެ ފޮޓޯގަ...

05 Nov 2019 | 17:59

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އޭނާގެ އިންސްޓަގްރާމް ފޮޓޯތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އިތާފުށީގައެވެ. އެ ފޮޓޯގައި ސެރީނާ ހުރީ ސްވިމިން ޕޫލެއްގެ ކައިރީގައި ހުއްޓިލައިގެންނެވެ. ލައިގެން ހުރީ ސްވިމިން ސޫޓެކެވެ.

އިންސްޓަގްރާމްގައި 18 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން ސެރީނާގެ އިންސްޓަގްރާމް އެކައުންޓަށް ލިބިފައިވާއިރު އޭގެ ތެރެއިން އެތައް ހާސް ބަޔަކު ސެރީނާގެ އެ ފޮޓޯއަށް ލައިކް ދީފައިވެއެވެ.

އުމުރުން މިހާރު 38 އަހަރުގެ ސެރީނާ ވިލިއަމްސް އަކީ ކުރިން ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާއެވެ. މިހާރު އޭނާ އަކީ ޓެނިސްގެ ސްޕަރ ސްޓާރެކެވެ. ނަމަވެސް ދުނިޔޭގެ ރޭންކިން އަށް ބަލައިފިނަމަ މިހާރު ސެރީނާ އުޅެނީ 10 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް