ފިޝަރީޒް މިނިސްޓްރީން ކަނޑުގެ މާހައުލާގުޅޭ މަޢުލޫމާތު ޕްރީ ސްކޫލު ދަރިވަރުންނަށް ދީފިއެވެ.
އެ މިނިސްޓްރީން ބުނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމްގައި އެ ސްކޫލްގެ އެސް.ކޭޖީ ކްލާސްތަކުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
ކަނޑުގެ މާހައުލީ ނިޒާމްތަކާއި އެނިޒާމްތަކުގައިވާ ދިރުންތަކާއި މެރިކަލްޗަރކުރުމުގެ މަޢުލޫމާތު އެކުވެރި މަޖާ މާހައުލެއްގައި އެ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދިފައިވާ އިރު، މިއީ އެސްކޫލްގެ އެސް.ކޭޖީގެ ކަރިކިއުލަމްގައި ހިމެނޭ "އަނޑަރ ދަ ސީ" މޮޑިއުލްގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތެއްގައި މިދަރިވަރުންނަށް ދިނުމަށް އިންޓަރެކްޓިވް ސެޝަންތަކެއްގެ ވަނީ ބާއްވާފައެވެ. ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމެވެ.
މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިޔަށް އޮތް ތަނުގައި އެހެން ސްކޫލްތަކާއިވެސް ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް