ފޭސްބުކްގެ އައު ލޯގޯ ދައްކާލައިފި

ފޭސްބުކް ކުންފުނީގެ ބްރޭންޑް ލޯގޯއަށް ބަދަލުގެނެސް އައު ލޯގޯ ދައްކާލައިފިއެވެ. މި ލޯގޯގައި ފެންނަނީ އަމިއްލަ ފޮންޓަކުން ފޭސްބުކް އެއްކޮށް ލިޔެފައިވަނިކޮށެވެ. ލޯގޯ އާންމުކޮށް ފޭސްބުކުން ކޮށްފައިވާ ޕޯސް...

05 Nov 2019 | 09:29

ފޭސްބުކް ކުންފުނީގެ ބްރޭންޑް ލޯގޯއަށް ބަދަލުގެނެސް އައު ލޯގޯ ދައްކާލައިފިއެވެ.

މި ލޯގޯގައި ފެންނަނީ އަމިއްލަ ފޮންޓަކުން ފޭސްބުކް އެއްކޮށް ލިޔެފައިވަނިކޮށެވެ. ލޯގޯ އާންމުކޮށް ފޭސްބުކުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވާގޮތުގައި 15 އަހަރު ކުރިން ފޭސްބުކް ފެށިގެން އައީ އެންމެ ކުންފުންޏެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ކުންފުނި ވަރަށް ބޮޑަށް ފުޅާވެ ކުންފުނީގެ ދަށުން އެތައް ކުންފުންޏެއް އައިސްފައިވާކަމަށެވެ.

ލޯގޯއާއެކު އާންމުކޮށްފައިވާ އެނިމޭޓެޑް ޖިފްއާއެކު ލޯގޯ ދެތިން ކުލައަކުން ފެނިގެން ދެއެވެ. ބެލެވޭ ގޮތުގައި އޭގައި އެ ދައްކުވައިދެނީ އިންސްޓަގްރާމްގެ ކުލަ އާއި ވަޓްސްއެޕްގެ ކުލަ އާއި ފޭސްބުކްގެ މައި ނޫ ކުލައާއި އަދި ފޭސްބުކްގެ ދަށުން ހުރި ކުންފުނިތައް ރަމްޒުކޮށްދޭ ކުލަތަކެވެ.

މި އައު ލޯގޯ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފޭސްބުކްގެ އެޕްލިކޭޝަންތަކުން ފެންނަން ފަށާނެ ކަމަށް ފޭސްބުކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް