ކޮކާ ކޯލާއިން، ޝެއަރ އަ ކޯކް މޯލްޑިވްސްގެ ދެވަނަ ކެމްޕޭން ފެށިގެން ކުރިއަށްދާއިރު މި ކެމްޕޭނުގެ ވީޑިއޯ އިސްތިހާރުގައި ވަރަށް މުހިންމު މެސެޖެއް މިވަނީ ދީފައެވެ.
ކެފޭއެއްގެ ތެރެއަށްވަދެ ޒުވާނަކު އަހާލަނީ ސްކޯ ކިހާވަރެއްތޯ؟ އެވެ. އޭރު އެ ކެފޭގައި ތިބޭ އެންމެން ތިބެނީ ފޯނަށް ގެއްލި ހުސްވެފައެވެ. ޓީވީން މެޗެއް ލައިވް ކުރަމުން ދިޔަ ނަމަވެސް އެއް ބަޔަކު އިންސްޓަގްރާމަށް އަނެއް ބަޔަކު ފޭސްބުކަށް އަނެއް ބަޔަކު މެސެންޖަރަށް އަދި އަނެއް ބަޔަކު ތިބީ ސްނެޕްޗެޓަށް ގެނބި ނިމިފައެވެ.
ސްކޯ އަހާލި ޒުވާނާއަށް ޖަވާބެއް ނުލިބުމުން މާޔޫސް ކަންމަތީގައި ގޮސް ކައުންޓަރުން ކޯކް ފުޅިއެއް ގަނެލައެވެ. އަދި އޭގައި އިން ޓެގްލައިން ފެނި އެ ޒުވާނާއަށް މޮޅު ހިޔާލެއް އާދެއެވެ.
އެ ޓެގްލައިންތަކަކީ މި ފަހަރުގެ ކެމްޕޭނުގައި ކޮކާ ކޯލާއިން، ޝެއަރ އަ ކޯކް މޯލްޑިވްސްގައި ތައާރަފް ކުރި ޓެގްލައިންތަކެވެ. އެ ޓެގްލައިންތަކުގެ ތެރޭގައި “އެންމެ ކެރޭ”، “އެންމެ ހިތްވަރުގަދަ”، “އެންމެ ލޯބިވާ”، “އެންމެ ސަކަ”، “އެންމެ ސަޅި މީހާ”، “ހަބޭސް” އަދި “ރީތި ހުސްކުރި” ޓެގްލައިންތައް ހިމެނެއެވެ.
އެ މޮޅު ހިޔާލާއެކު އަންހެން ކުއްޖަކަށް އެ ޒުވާނާ ކޯކް ފުޅިއެއް ހަދިޔާ ކުރެއެވެ. އެ ކޯކް ފުޅީގައި "ހަބޭސް" ޓެގްލައިން ލިޔެފައިވާއިރު އެ އަންހެން ކުއްޖާ އެ ޒުވާނާއަށް "ސަޅި" ހިނިތުންވުމެއް ދޫކޮށްލައެވެ.
ދެން އެ އަންހެން ކުއްޖާ އާއި އެ ޒުވާނާ އެ ކެފޭގައި ތިބި ހުރިހާ އެހެން ޖިންސުންލަތީފުންނަށް ކޯކު ބަހަން ފަށައެވެ. އެއީ ޝެއަރ އަ ކޯކް މޯލްޑިވްސްގެ ދެވަނަ ކެމްޕޭންގެ ޓެގްލައިންތައް ހިމެނޭ ކޯކް ފުޅިތަކެވެ.
އެއާއެކު މުޅި މާހައުލު އެކުވެރިކަމުގެ މާހައުލަކަށް ބަދަލުވެ، އެންމެންވެސް ލައިވްކޮށް ދައްކަމުންދިޔަ މެޗަށް ސަމާލުކަން ދެމުން ދިޔައެވެ. އަދި ލަނޑެއް ޖެހި އަޑާއެކުއެކީހެން، މުޅި މާހައުލު ބަދަލުކޮށްލި ޒުވާނާ ކޯކް ފުޅިއެއް އެއްލައެވެ. އެ ކޯކް ފުޅި އެހެން ޒުވާނަކު ޑައިބެއް ޖަހާފައި ހިފާއިރު އެ ފުޅީގައި ލިޔެފައިވަނީ "އެންމެ ކެރޭ" ޓެގްލައިން އެވެ.
ފޯނުތަކަށް ގެއްލި ތިބި ޒުވާނުން ހޭލައްވާލައި އެ މާހައުލު އެކުވެރިކަމުގެ މާހައުލަކަށް ބަދަލުކޮށްލި ޒުވާނާ ބޮމުން ދިޔައީ "އެންމެ ވިސްނޭ" ޓެގް ޖަހާފައިވާ ކޯކް ފުޅިއެކެވެ.
މި އިސްތިހާރާއެކު އަންނަ ލަވަ އަދި މިއުޒިކަކީ ދިވެހި އުފެއްދުމަށް ވާކަމީ މި އިސްތިހާރުގެ އެންމެ ހާއްސަ ކަމެވެ. މި ލަވައިގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)އެވެ. މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ބާޗީއެވެ. އަދި ލަވަ ކިޔާފައިވަނީ އިކުއެޓިކް ވައިބްސްގެ ޝަމްމު އެވެ.
މި އިސްތިހާރުން ދައްކުވައިދެނީ މި ގައުމުގައި މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ. ޒުވާނުން އެކަކު އަނެކަކާއެކު ކޮފީއަކަށް ދިޔަ ނަމަވެސް ނުވަތަ ބޮޑު އުފަލެއް ފާހަގަކުރަން ޕާޓީއެއް ބޭއްވި ނަމަވެސް އެންމެންވެސް ތިބެނީ ފޯނަށް ގެއްލި ހުސްވެފައެވެ. އެފަދަ ކަންކަމުން އެކުވެރިކަން ގެއްލި ގާތް ގުޅުންތަކަށް ހީނަރުކަން ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް