މިއަހަރުގެ ބަޖެޓުން ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ނުނިމޭނެ

މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވަނީ މުޅި ހޮސްޕިޓަލް އިމާރާތްކުރެވޭނެ މިންވަރެއް ނޫން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ނ. ވެލިދ...

05 Nov 2019 | 08:05

މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވަނީ މުޅި ހޮސްޕިޓަލް އިމާރާތްކުރެވޭނެ މިންވަރެއް ނޫން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ނ. ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރަން ހިމަނާފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުއްﷲ ޝަފީޤު މަޖިލީހުގައި މިނިސްޓަރާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ކުރެހުމާއި ބީއޯކިޔުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރގައި އެ މަސައްކަތް ކުރުމަށް ޓާރގެޓް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ އުސޫލެއްގެ ގޮތުން ހޮސްޕިޓަލްގެ ކުރެހުމާއި އެކަމާއި ގުޅޭ ގޮތުން ކުރިއަށް ގެންދަންޖެހޭ މުޅި މަރުހަލާ ލަސްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ސިއްހީ ޚިދުމަތްދޭ ތަންތަނަކީ އެތަންތަނުގެ ކުރެހުމަށް އިތުރު ކޮންސަލްޓެންސީގެ އެހީތެރިކަން ބޭނުންވާ ތަންތަން ކަމަށްވާތީ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް 2019ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 10،6،78،260 (ދިހަމިލިއަން ހަލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް