އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ރާއްޖެއިން ބޭރުގައި ކިޔަވާ ދެދަރިވަރަކަށް ސްކޮލަރޝިޕް

މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހެންވޭރުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ދެދަރިވަރަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ދީފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓ...

05 Nov 2019 | 07:14

މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހެންވޭރުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ދެދަރިވަރަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ދީފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ނެޝެނަލް ޑިޒާސްޓަރ އޮތޯރިޓީއާއި ހިއްސާކުރުމަށް އެ ފަރާތުން އެދުނުއިރު، އެހީތެރިކަން ބޭނުންވާކަމަށް އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ހިމެނޭ ކަމަށެވެ. އެ ދެދަރިވަރުން އެހީތެރިކަން ބޭނުންވާކަމަށް އެދި އެ މިނިސްޓްރީއަށް އަންގާފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މި ދަރިވަރުން ކިޔެފުން ފުރިހަމަކުރުމަށްޓަކައި އެމިނިސްޓްރީން ސްކޮލަރޝިޕެއް ދީފައިވާކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޭދަވާ އެއްވެސް ފައިސާއެއް އަނބުރާ ދައްކާކަށްނުޖެހޭނެއެވެ.

މިދަރިވަރުންގެ ސްކޮލަރޝިޕް ހަވާލުކޮށްފައި ވަނީ އިއްޔެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި އެދަރިވަރުންގެ ބެލެނިވެރިންނާއެވެ. މި ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

https://twitter.com/MoHEmv/status/1191253524396400641

މި ދަރިވަރުންގެ ތެރޭގައި މެލޭޝިއާގެ މޮނާޝްގައި ބެޗްލަރސް އޮފް އާޓްސް (އޮނަރސް) ފުރިހަމަކުރަމުންދާ ދަރިވަރަކާއި މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަރނޭޝަނަލް ކޮލެޖްގައި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. މި ސްކޮލަރޝިޕްގައި އިތުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކޯސް ފީއެއްވާނަމަ އެ ފައިސާއާއި ކޯސް ނިމެންދެން މެލޭޝިއާގައި ދިރިއުޅުމުގެ ޚަރަދާއި އަނބުރާ ޤައުމަށް އައުމަށް ބޭނުންވާނެ ޓިކެޓް އަދި ޑިޕާރޗަރ އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް