ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުން ޔާމީނަށް ހުކުމްކުރުން ކެންސަލް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ. ޔާމީންގެ މައްޗ...

05 Nov 2019 | 05:30

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ ކުރިމިނަލް ކޯޓުގައި މިއަދު 1:00 އަށެވެ.

ނަމަވެސް ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުން ކެންސަލްކޮށް ވަނީ ލަސްކޮށްފައެވެ.

ޔާމީންގެ މައްޗަށް ހުކުމް ކުރުން ދެން އޮންނާނީ މާދަމާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މައްސަލަ ބައްލަވަނީ ގާޒީ ހައިލަމެވެ.

ހައިލަމް ސަސްޕެންޑު ކުރަން މިއަދު ނިންމިއިރު، ޖޭއެސްސީން އޭނާގެ މައްސަލަ ބަލުމަކީ، އެއީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް