ފޭނަކު ސެލްފީއެއް ނަގަން އަތުގައި އަތްލުމުން ރާނޫ ރުޅިގަދަވެއްޖެ

ސުޕަމާކެޓެއްގައި ހުއްޓައި ފޭނަކު ސެލްފީއެއް ނަގަން އަތުގައި އަތްލުމުން ރާނޫ މަންޑަލް ރުޅިގަދަވެއްޖެ އެވެ. އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯއަކުން ފެންނަގޮތުގައި ރާނޫގެ ފަހަތުން އަންހެނަކު...

05 Nov 2019 | 04:53

ސުޕަމާކެޓެއްގައި ހުއްޓައި ފޭނަކު ސެލްފީއެއް ނަގަން އަތުގައި އަތްލުމުން ރާނޫ މަންޑަލް ރުޅިގަދަވެއްޖެ އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯއަކުން ފެންނަގޮތުގައި ރާނޫގެ ފަހަތުން އަންހެނަކު އައިސް އޭނާގެ އަތުގައި އަތްލުމަށްފަހު ސެލްފީއެއް ނަގަން އެދުމުން އޭނާ ނުރުހުން ފާޅުކުރާ މަންޒަރު ވަނީ ފެންގިގެންގޮސްފައެވެ. ރާނޫ ރުޅިއައިސްގެން އެއަންހެން މީހާގެ ކޮނޑުގައި ދެތިންފަހަރު ޖަހައިލުމަށްފަހު ކޮންމެވެސް އެއްޗެއް ބުނާ މަންޒަރުވެސް އެވީޑިއޯ އިން ފެނެއެވެ.

[contentcards url="https://www.instagram.com/p/B4b2wgNnthV/?utm_source=ig_embed&utm_campaign=embed_video_watch_again"]

ރާނޫ އަކީ އެއްރެއިން ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދި މީހެކެވެ. ރެއިލްވޭ ސްޓޭޝަނެއްގައި އޭނާ ލަވަކިޔާ މަންޒަރު ދައްކައިދޭ ވީޑިއޯއަކުން މަޝްހޫރުކަން ހޯދި ރާނޫ މިހާތަނަށް ވަނީ ތިން ލަވަވެސް ކިޔައިފައެވެ. ހިމޭޝް ރޭޝަމިޔާގެ ފިލްމަކަށް އޭނާ ވަނީ މިހާތަނަށް ތިން ލަވަ ކިޔައިފައެވެ.

ރާނޫގެ މި ވީޑިއޯ އާންމުވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. "ސެލެބްރިޓީ އަކަށް ވުމުން ފެންވަރުއޮޅުނީ" އޭ ވެސް ގިނަމީހުން ދަނީ ބުނަމުންނެވެ. އަދި ބޮލީވުޑް ތަރިއެއްވެސް އެހާ 'ފޮނި' ނުވާނެ ކަމަށް ވެސް މީހަކު ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް