ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ވެއްޓި ޒުވާނަކު އައިސީޔޫގައި

ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. ރޭ 23:50 ހާއިރު މި ހާދިސާ ހިނގާފައި ވަނީ ވުވައްމުލަކު...

05 Nov 2019 | 03:50

ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ރޭ 23:50 ހާއިރު މި ހާދިސާ ހިނގާފައި ވަނީ ވުވައްމުލަކު ސިޓީ ސްޓޭޑިއަމް ކައިރިންނެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރގައި ޖެހި ސައިކަލް ކޮންޓްރޯލް ނުވެ ވެއްޓުމުގެ ސަބަބުން ކަމަށެވެ. އެވަގުތު ސައިކަލުގައި އިނީ ދުއްވަން އިން ޒުވާނާ އެކަންޏެވެ.

އޭނާ އަތުގައި ޑްރައިވިންގ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ސައިކަލު ދުއްވަން އިނީ އުމުރުން 26 އަހަރުގެ ޒުވާނެއް ކަމަށާއި ޒުވާނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މިވަގުތު ޒުވާނާއަށް ފަރުވާދެމުން ދަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ފުލުހުން ވިދާޅުވީ ޒުވާނާ އަދިވެސް ހޭނާރާކަމަށާއި، މިހާރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް