ފުލުހަކު ޕޮސިޓިވްވެ އުތުރުގެ ހަ ރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފި

އުތުރުގެ ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ފުލުހަ...

05 Oct 2020 | 17:37

އުތުރުގެ ހަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެ ފުލުހަކީ މާލެއިން ދަތުރުކޮށްފައިވާ މީހެއް ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން މޮނިޓަރިންއަށް ލާފައިވަނީ ހއ. ބާރަށް، ދިއްދޫ، ހޯރަފުށި، އަދި ހދ، ކުރިނބީ، ށ. ފުނަދޫއެވެ. މި ރަށްތަކަކީ ވަޒީފާގެ ގޮތުން އެ ފުލުސް މީހާ ދަތުރުކޮށްފައިވާ ރަށްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސްމީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރޭގެ ވަގުތެއްގަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމަށް ކަމަށެވެ.

ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ 05 އޮކްޓޯބަރ ގައި ކަމަށެވެ. އަދި ފާޅު ބޯޓް ކޭސްއާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑިގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް