އިންޑިޔާއިން ކޯވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ހޯދަނީ..

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާއިން ޖުލައި މަސް އަންނަންވާއިރަށް ކޮވިޑްވެކްސިންގެ 500 މިލިއަން ޑޯޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަ...

05 Oct 2020 | 17:16

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާއިން ޖުލައި މަސް އަންނަންވާއިރަށް ކޮވިޑްވެކްސިންގެ 500 މިލިއަން ޑޯޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދަން ވިދާޅުވެއްޖެ އެވެ.

ހަރްޝް ވިދާޅުވީ 1.3 ބިލިއަން އާބާދީގެ އިންޑިޔާގެ 250 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ޖުލައި މަސް އަންނަންވާއިރަށް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓާއި އެހެނިހެން ފަރމަސޫޓިކަލް ކުންފުނިތަކުން އަންނަނީ ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކާއި ގުޅިގެން ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތަކެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ބިލް އެންޑް މެލިންޑަރ ގޭޓްސް ފައުންޑޭޝަނާއި ނޮވޯވެކްސް ހިމެނެ އެވެ.

އިންޑިޔާއިން ވަނީ އެ ގައުމަށް ވެކްސިން ހޯދުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަކި ޚާއްސަ ކޮމިޓީތަކެއް އެކުލަވާލާފަ އެވެ. މި ކޮމިޓީތަކުން ވެކްސިން އުފައްދާ ކުންފުނިތަކާއި ވެކްސިން ފޯރުކޮށްދޭ ކުންފުނިތަކާއި ވާހަކަދައްކައިގެން ވެކްސިން ޑޯޒްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ނެވެ.

އިންޑިޔާއިން މިހާތަނަށް 6.55 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރު އެކަނިވެސް އެގައުމުން 75،829 މީހަކަށް ވަނީ އަލަށް ކޮވިޑް-19 ޖެހިފަ އެވެ.

ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު 101،782 މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް