ދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ގާނޫނެއް ހަދަނީ

އިސްލާމް ދީނާ ދެކޮޅަށް ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބިލެއް ހަދައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލ...

05 Oct 2019 | 16:45

އިސްލާމް ދީނާ ދެކޮޅަށް ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބިލެއް ހަދައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހުއްޓުވުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނިންމަވާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވުމަށް މިނިސްޓަރު ނިންމެވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން އިތުރުވެ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް މިއަދު ދީނީ އިލްމުވެރިންނާއި އެކުގައި ބޭއްވި ބައްދަލުވުމަށްފަހު ކަމަށެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސްވުނެ ފުރައްސާކޮށްފައި ވާތީ ގިނަބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އަދި އިސްރާ އާއި މިއުރާޖަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށްވެސް ވަކާލާތު ކޮށްފައި ވެއެވެ.

މި ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް