ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ އިސްލާމްދީނާއި ހިލާފު ރިޕޯޓަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާއަށް ފާޑު ކިޔަމުންނެވެ. އަދި ވަކިން ހާއްސަކޮށް ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ވަކިން ގާނޫނުތައް ފާސް ކުރާއިރު ދީނަށް ފުރައްސާަ ކުރާ މިފަދަ ޖަމިއްޔާތަކާއި އެފަދަ މީހުން ހައްޔަރު ނުކޮށް އެފަދަ މައްސަލަތައް ނުބާލާތީ އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރުގެ އިސް އެއްވެސް ފަރާތެއް އެމްޑީއެންއާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުނުވާތީ ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1180498233757356032?s=20
މި ރިޕޯޓުގެ މައްސަލާގައި ސޯޝަލް މީޑިއާގައި އަންނަނީ ބޭން އެމްޑީއެންގެ ނަމުގައި ހޭޝްޓެގެއް ބޭނުން ކުރަމުންނެވެ. އަދި ދީނީ އިލްމުވެރިން ވެސް އަންނަނީ މިކަމުގެ ކަންބޮޑުވުމާއި އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
މި މައްސަލާގައި ރާއްޖޭގެ ސިިޔާސީ އިސް ފަރާތްތައް ވެސް އަންނަނީ އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ އިދާރާގައި އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް