ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށްބުނެ ގަދަކަމުން އަންހެނަކު ރޭޕުކުރި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.
ރޭޕުކޮށްފައިވަނީ 19 އަހަރުގެ އަނެހެނެކެވެ. ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ރޭ ދަންވަރު 12:15 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
"ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށްބުނެ ބިރުދައްކައިގެން އަންހެނަކާއިމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ފިރިހެނަކު ރޭ މާފަންނު ޕޮލިސް އިން ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1180472344797573120
އިތުރަށް ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް