ރާއްޖޭގައި ދީނަށް ފުރައްސާ ކުރުން އިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް މަޝްވަރާ ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއާ ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މި ބައްދަލުވުމުގައި ދީނަށް ފުރައްސާކުރާ މައްސަލާގައި ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށާއި އެކަމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
http://<a href="https://twitter.com/MVIaffairs/status/1180414344263168000?s=20"></a>
އިސްލާމިކް މިނިސްޓަރުގެ އަރިހަށް ދީނީ އިލްމުވެރިން ވަޑައިގެންފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް ފާޅުގައި ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ރިޕޯޓުގެ މައްސަލާގައި ސޯޝަލް މީޑިއާގައި އަންނަނީ ބޭން އެމްޑީއެންގެ ނަމުގައި ހޭޝްޓެގެއް ބޭނުން ކުރަމުންނެވެ. އަދި ދީނީ އިލްމުވެރިން ވެސް އަންނަނީ މިކަމުގެ ކަންބޮޑުވުމާއި އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
މި މައްސަލާގައި ރާއްޖޭގެ ސިިޔާސީ އިސް ފަރާތްތައް ވެސް އަންނަނީ އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ އިދާރާގައި އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް