"ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއް، ޗައިނާ ރުޅިއެރުވުމަކީ ދިވެހިންނަށް ފައިދާވާނެ ކަމެއް ނޫން"

އިންޑިއާ އާއި ޗައިނާއާ ގުޅުން ހުރި މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ...

05 Oct 2019 | 09:08

އިންޑިއާ އާއި ޗައިނާއާ ގުޅުން ހުރި މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑިއާ އާއި ޗައިނާއާ ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރަން ރައީސް ސޯލިހާއި ރައީސް ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް ގޮވާލައި ކަމަށެވެ. އިންޑިއާ އާއި ޗައިނާއަކީވެސް މުހިއްމު ދެ ބައިވެރިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޗައިނާއަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ބާރުގަދަ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާ ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިބްރާހީމް ޝަރީގް ވިދާޅުވީ ޗައިނާއަކީ ދިވެހިންނާއި ދިވެހި ގައުމުގެ ތަރައްގީއަށް ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން އެފަދަ ގައުމެއް ރުޅިއެރުވުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

http://<a href="https://twitter.com/AdduShareef/status/1180368315459325952?s=20"></a>

އިއްޔެ އިންޑިއާގެ އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގާ ފިނި ހަނގުރާމަ (ކޯލްޑް ވޯ)އެއްގެ މެދުގައި ރާއްޖެއިން ތާށިވެ ފިތެން ނޭދޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އަދި އިންޑިއާ ފަދަ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި އުފެދޭ މައްސަލަތަކުގައި ބެދެން ރާއްޖެއިން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، އިންޑިއާގެ ފަރާތުން އެހީތެރިކަން ހޯދައިގެން ކުރިއަށްދާން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޗައިނާގެ މައްސަލައަކީ އެގައުމުން ރާއްޖެ "ދަރަނީގައި ބެއްދުމަށް ބޭނުންވުން"ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނަޝީދުގެ އެވާހަކަތަކައް ރައްދު ދެއްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އިންޑިއާއާ ޗައިނާއާ ދެމެދު އޮތް ގުޅުން ނުތަނަވަސްކޮށް، ދެގައުމު ޖައްސަން އުޅުމަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެފައެވެ. ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް