އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަޙްޤީޤް ކޮށް ދައުވާ ކުރަން ޖެހޭ: އަދާލަތު ޕާޓީ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓްގެ މައްސަލަ ތަޙްޤީޤް ކޮށް، މައްސަލާގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ދައުވާ އުފުލުމަށް އާދަލަތު ޕާޓީން ގޮވާލައިފިއެވެ. އަދާލަތު ޕާޓީނ...

05 Oct 2019 | 08:45

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓްގެ މައްސަލަ ތަޙްޤީޤް ކޮށް، މައްސަލާގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ދައުވާ އުފުލުމަށް އާދަލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފައްދައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ކުށަކަށް ވާއިރު، މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލުމަށް އަދާލަތުން ވަނީ ގޮވާލައިފައެވެ.

"މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ،"

އަދާލަތު ޕާޓީން އިތުރަށް ބުނީ އެއްވެސް ޖަމްއިއްޔާއަކުން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން، އެ ޖަމިއްޔާ އިން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް މައާފަށް އެދިފައެވެ.

އަދި ދީނީ އިލްމުވެރިޔަކާ އެކު ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް