ދީނަށް ފުރައްސާކުރާ މައްސަލަ މަޖިލީހަށް ވައްދާނަން، އެއީ ސީރިއަސް މައްސަލައެއް: އާދަމް ޝަރީފް

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅ...

05 Oct 2019 | 07:56

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކުން އެކުލަވާލައި، 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރިކަމަށް ބުނެ، ގިނަ ބަޔަކު އެ ރިޕޯޓާ ދެކޮޅަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. އާދަ،ް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރުމުގެ ކަންކަން ކުރަމުންދަނީ ދުރާލައި ރާވައިގެން، އަދި ބޭރުގެ ނުފޫޒާއެކު ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި މިކަންތައް ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://twitter.com/Adamshareefz/status/1180173573157052416?s=20

"ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަތަކެއް ވަނީ ހިމަނާފައެވެ. މިކަމާއި ގުޅިގެން އެމްޑީއެން ބޭން މިފަދައިން މިހާރަކަށް އައިސް ޓްވީޓާގައި އަންނަނީ ހޭޝްޓެގެއް ބޭނުންކޮށް، އެ ޖަމިއްޔާ އުވާލަން އަންނަނީ ގޮވާލަމުންނެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގެ މައްސަލަ ބަލައި ދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް