މަލިކު ބޭރުން ދިވެހި މަސްދޯންޏެއް އިންޑިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް

މަލިކު ބޭރުން ދިވެހި މަސްދޯންޏެއް އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ހިފަހައްޓައިފައި ވަނީ ށ. ކޮމަންޑޫ  މަސް ދޯންޏެކެވެ. "އަންބަރީ" ނަމަކަށް ކިޔާ އެ މަސް ދޯނި އިންޑިއ...

05 Oct 2019 | 07:00

މަލިކު ބޭރުން ދިވެހި މަސްދޯންޏެއް އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހިފަހައްޓައިފައި ވަނީ ށ. ކޮމަންޑޫ  މަސް ދޯންޏެކެވެ.

"އަންބަރީ" ނަމަކަށް ކިޔާ އެ މަސް ދޯނި އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފައި ވަނީ މަލިކުގެ ތިން މޭލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ.

މަސްދޯނި ހިފެހެއްޓިއިރު އެ ދޯނީ ގައި 10 ވަރަކަށް ފަޅުވެރިން ދަތުރު ކުރަމުން ދިޔަ ކަމަށާއި މިހާރު އެ ދޯނި ވަނީ މަލިކު ފަޅަށް ވައްދާފައެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި ސިފައިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މިކަން ދިވެހި ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމާއި މިކަމާއިގުޅިގެން އެ މިނިސްޓްރީން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމުގައި މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް