މާފަންނުގައި ހުރި ގެއެއްގެ ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ހަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު އެތަނަށް ފުލުހުން ގޮސް އެމީހާ ސަލާމަތް ކޮށްފައިވެއެވެ. މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ހަ މީހުންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހުން ކަމުގައި ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް