ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ނިޔާވެއްޖެއެވެ.
މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް އެވެ.
"ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ވަނީ ޖަހާފައެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނެވެ."އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި ވަގުތުން އިމަޖެންސީގައި ސްޓާފް ސާޖަންޓް ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް