ގޫގަލް އިން އެ ކުންފުނީގެ އައު ދެ ފޯނު، ގޫގަލް ޕިކްސެލް 2 އަދި ޕިކްސެލް 2 އެކްސްއެލް ދައްކާލައިފި އެވެ.
ގޫގަލް އިން މި ދެ ފޯނު ދައްކާލާފައިވާއިރު ޕިކްސެލް2ގެ ޑިޒައިން އަށް މާ ބޮޑު ބަދަލެއް ގެނެސްފައިނުވި ނަމަވެސް ޕިކްސެލް 2 އެކްސެލްގެ ޑިޒައިނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ޑިސްޕްލޭ ސައިޒް 5.5 އިންޗިން 6 އިންޗިއަށް ވަނީ ބޮޑު ކޮށްފަ އެވެ. ހިމަނާފައިވަނީ އެޖް ޓު އެޗް ޑިސްޕްލޭ އެކެވެ.
ސްޕެކްސް އަށް ބަލާލާއިރު ދެ ފޯނުގައިވެސް ހިމަނާފައިވަނީ ސްނެޕްޑްރެގަން 835 ގެ ޕްރޮސެސާ އެވެ. ރެމް ސަައިޒަކީ ހަތަރު ޖީބީ އެވެ. ސްޓޯރޭޖް ދެ އޮޕްޝަނެއް ހިމަނާފައިވެ އެވެ. އެއީ 64ޖީބީ އަދި 128 ޖީބީ އެވެ. ޑިސްޕްލޭ ޓެކްނޮލޮޖީ އަކީ އޯއެލްއީޑީ ޓެކްނޮލޮޖީ އެވެ. ހެޑްފޯނު ޖެކް ސްލޮޓް ހިމަނާފައެއް ނުވެ އެވެ.
ފޯނުގެ އެންމެ ހާއްސަ ފީޗާއެއްގެ ގޮތުގައި ހިމެނެނީ ކެމެރާ އެވެ. ހިމަނާފައިވަނީ ގޫގަލްގެ އަމިއްލަ ކެމެރާއެއް ކަމުގައިވާ ޕިކްސެލް ކެމެރާ އެވެ. ދެ ފޯނުގައިވެސް 12.2 މެގަޕިކްސެލްގެ ރިއަރ ކެމެރާއެްއ ހިމަނާފައިވާއިރު ކެމެރާގެ އެޕާޗާ އަކީ އެފް1.8 އެވެ. ފާހަގަކޮށްލެވޭ އެއް ކަމަކީ ޑީއެކްސްއޯ ރޭޓިންގައި އައިފޯނު 8 ގެ ކެމެރާއަށްވުރެ މި ފޯނުތަކުގެ ކެމެރާއަށް ހަތަރު ޕޮއިންޓް އިތުރަށް ލިބިފައިވާކަމެވެ.
އަގުތަކަށާއި ކުލަތަކަށް ބަލާލާއިރު ޕިކްސެލް 2 ގައި ހިމެނެނީ ކަޅު ކުލައާއި ހުދު ކުލަ އާއި ނޫކުލަ އެވެ. އަގަކީ 64 ޖީބީ ނަމަ 649 ޑޮލަރެވެ. 128 ޖީބީނަމަ 749 ޑޮލަރެވެ. ޕިކްސެލް 2 އެކްސެލްގައި ހިމެނެނީ ދެ ކުލައެކެވެ. އެއީ ކަޅު ކުލައާއި ހުދު ކުލަ އެވެ. ޕިކްސެލް 2 އެކްސެލްގެ އަގަކީ 64 ޖީބީ ނަމަ 849 ޑޮލަރެވެ. 128 ޖީބީ ނަމަ 949 ޑޮލަރެވެ. މި ފޯނުތައް މި މަހު 17ގެ ފަހުން ވިއްކަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް