ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު، އިއްޔެ ރަޝިޔާއަށް ވަޑައިގެންފި އެވެ.
ސައުދީ ރަސްގެފާނުގެ މި ތާރީހީ ދަތުރުފުޅަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުންނާއި މެދުއިރުމަތީގެ މަސްރަހާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިގެންދާނޭ ކަމަށާއި ބައެއް ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނޭ ކަމަށް ރަޝިޔާއިން ފާހަގަ ކޮށްފައި ވެ އެވެ.
މީގެ އިތުރުން އަސްކަރީ ގޮތުން އެއް ގައުމު އަނެއް ގައުމަށް ވާގިވެރިވުމާއި ބެހޭގޮތުންވެސް މަޝްވަރާތައް ކުރިއަށްދާނޭ ކަމަށް ރަޝިޔާއިން ބުނެ އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް ވިދާޅުވެފައިވަނީ ސަލްމާން ރަސްގެފާނުގެ މި ދަތުރުފުޅުގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް