ބަޔަކު ޖާނުންފިދާވެގެން ބޮޑު ބިޔަ ހަރުފައެއް ހިފައި، ކައްކައިގެން ކާލައިފި

އިންޑޮނޭޝިޔާގެ ސުމަޓުރާގެ ބަޓަންގް ގަންސަލް އަވަށުގައި މީހަކަށް ހަމަލާދިން 25.6 ފޫޓުގެ ދިގު ހަރުފައެއް މަރާލުމަށްފަހު ކައްކާލައިގެން އެއަވަށުގެ ރައްޔިތުން ކާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ އެއަވަށު...

05 Oct 2017 | 01:12

އިންޑޮނޭޝިޔާގެ ސުމަޓުރާގެ ބަޓަންގް ގަންސަލް އަވަށުގައި މީހަކަށް ހަމަލާދިން 25.6 ފޫޓުގެ ދިގު ހަރުފައެއް މަރާލުމަށްފަހު ކައްކާލައިގެން އެއަވަށުގެ ރައްޔިތުން ކާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އެއަވަށުގެ ދަނޑެއްގައި ފޯރިމަރަމުން ދިޔަ ސެކިޔުރިޓީ ގާޑަކަށް މި ޕައިތަން ފެނިގެން އެއަށް ހަމަލާދޭން މަސައްކަތްކުރުމުންނެވެ. 37 އަހަރުގެ ރޮބަޓް ނަބަބަން އެ ހަރުފައަށް ހަމަލާދީފައިވަނީ އެހަރުފަ ކާލުމުގެ މަގުސަދުގައި ކަމުގައި އެގައުމުގެ ފުލުހުންނާއި ހަވާލާދީ އޭއެފްޕީއިން ވަނީ ރިޕޯޓުކޮށްފައެވެ. ޕައިތަންއަށް ހަމަލާދިނުމުން އޭތި ވަނީ ރައްދުގައި ނަބަބަންއަށް ހަމަލާދީ އޭނަގެ އަތް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ. އެ ހަރުފަ މަރާލައިފައިވަނީ އެހެން ސެކިޔުރިޓީ ގާޑަކާއި އެއަވަށުގެ ބަޔަކު ގުޅިގެންނެވެ. އެއަވަށުގެ ރައްޔިތުން ފަހުން ވަނީ އެހަރުފަ ކައްކާލައިގެން ކާލާފައެވެ.

ޖަޔަންޓް ޕައިތަން އަކީ އާމުގޮތުއްގައި 20 ފޫޓަށް ދިގުވާ ހަރުފައެކެވެ. މިބާވަތުގެ ހަރުފަ އާންމުގޮތެއްގައި އިންޑޮނޭޝިޔާއާއި ފިލިޕީންސްގައި އުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް