ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް މި ހަފްތާތެރޭގައި ވަނީ ހުށަހެޅިފައި --
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އިއްޔެ 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރު ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށް އެކަން ވީޑިއޯ ކުރި ބައްޕައެއްގެ މައްސަލަ އާއި 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕައެއްގެ މައްސަލަ ހިމެނެ އެވެ.
އެ ދެމީހުންވެސް ވަނީ ހައްޔަރު ކޮށްފައި އެވެ. އަދި މީގެ ތެރެއިން ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް އެކަން ވީޑިއޯ ކުރުމުގައި ކުއްޖާގެ މަންމަގެ ބައިވެރިވުމެއް އޮތްތޯ ދަނީ ބަލަމުންނެވެ.
ފުލުހުން ބުނީ އެ ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް