ފުލުހުންގެ ހިދުމަތަށް 22 އަހަރު ފުރުން ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި

ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުމާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި މިއަދު އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. މާލ...

05 Sep 2026 | 06:17
މިއަދު ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

މިއަދު ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުމާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި މިއަދު އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ފެށީ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުންނެވެ. އެ ހިނގާލުމުގައި ބައިވެރިން މާލެ ވަށައި ހިނގާފައިވެއެވެ. ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޯލޮޖީ ވަޒީރު އަލީ އިހްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މި ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ތަފާތު ރޭންކުތަކުގެ ފުލުހުންނާއި އާންމު މުވައްޒަފުން ހިމެނޭ ގޮތުން 1000 އަށް ވުރެ ގިނަ މީހުން މާލޭގެ ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި ތިބި ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ހިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށީ 1 ސެޕްޓެމްބަރު 2004 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 22 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ހިނގާލުމުގެ އިތުރުން މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެ ތަނުގައި މިރޭ "ޕޮލިސް ފެމިލީ ނައިޓް" ގެ ނަމުގައި ހާއްސަ ރެއެއް ވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް