ގައުމުގެ މަސްލަހަތު ގެއްލޭގޮތަށް ސިޔާސީ ޕާޓީތަކުގެ އަމަލުތައް ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެދިވަޑައިގެންފި އެވެ.
ޝަރީފު މިގޮތަށް އެދިވަޑައިގެންފައިވަނީ ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލައާ ގުޅިގެން މީހަކު ކަންބޮޑުވުން ފާޅުކޮށް ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.
https://twitter.com/ShareefRangondi/status/1301914120288043009
ޗެނަލް 13 އިން އެ ވާހަކަތައް ވަގުތުން ބްރޯޑްކާސްޓު ކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. މި މައްސަލައިގަ ފުލުހުން ބުނީ އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.
މި މައްސަލައިގަ އާންމުންގެ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ޗެނަލް ތޭރައިން ވަނީ އެމީހާގެ ވާހަކަތައް ބްރޯޑްކާސްޓު ކުރެވިފައިވާތީ މައާފަށް އެދިފައި އެވެ. ޗެނަލް 13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް