އޭޖީގެ ސިޓީގައިވާ ކަންކަން ފުރިހަމަ ކުރަން ފަށައިފިން: ފުލުހުން

އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިހެން ވިދާޅުވީ ދެންމެ ...

05 Sep 2019 | 18:56

އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިހެން ވިދާޅުވީ ދެންމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

"ކޮމިޝަން އޮން ޑިޒަޕިއަރެންސެސް އެންޑް ޑެތްސްގެ ރެކޮމެންޑޭޝަނަށް ބިނާކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވަނީ ސިޓީ އެއް ފޮނުވާފައި، އަދި އެ ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް" އިޒްމިއާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ދާދި ދެންމެއަކު އެ ކޮމިޝަނުންވެސް ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި ފުލުހުން އަންނަނީ އެކަންކަންވެސް ކުރަމުން ކަމަށެވެ. އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމުގައިވެސް އިޒްމިއާ ވިދާޅުވިއެވެ.

އޭޖީގެ ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކުރަން ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އެ ސިޓީގައި އަންގަވާފައިވާކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް