ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު ކަނޑުމަތިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 57 އަހަރުގެ ފިރިހެނަކު ކަނޑުމަތިން ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެމީހާ ފެނިފައިވަނީ މިރޭ 9:30 ހާއިރު މާލެ ކައިރި ކަނޑުމަތިނ...

05 Sep 2019 | 17:34

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 57 އަހަރުގެ ފިރިހެނަކު ކަނޑުމަތިން ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެމީހާ ފެނިފައިވަނީ މިރޭ 9:30 ހާއިރު މާލެ ކައިރި ކަނޑުމަތިން ދަތުރުކުރި އެމްޓީސީސީ ފެރީއަކަށެވެ.

"އެމީހާ ނަގައިގެން ފުލުހުންގެ އިދާރާއަށް ވަނީ ގެނެސްފައި، އާއިލާ މީހުންވެސް އޭނާ ގާތު ފުލުހުންގެ އިދާރާގައި މިވަގުތު އެބަ ތިބި، މީހާގެ ހާލު ރަނގަޅު" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މިއަދު ހަވީރު 5:15 ހާއިރުން ފެށިގެން މި މީހާއަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 8:34 ހާއިރުގައެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް