ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީގެ އިރުކޮޅެއް ކުރިން ފުރި އެއާ އޭސިއާގެ މަތިންދާ ބޯޓެއްގައި ރޯވުމުން އަލުން އަނބުރާ ޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓަކީ ބެންކޮކަށް ދިއުމަށް ފުރި ބޯޓެކެވެ. ބޯޓު ނައްޓާލި ވަގުތުވެސް އަލިފާން ރޯވެފައި ހުރި ކަމަށާއި ދެމިނެޓެއްހާއިރު ތެރޭގައި އަޑެއް ގޮވި ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެއެވެ. އަދި ބޯޓު އަނބުރާލާފައި އައިސް ޖައްސާފައިވަނީ އެއާޕޯޓް މަތީގައި ދެތިން ބުރު ޖެހުމަށްފަހުގައެވެ.
ބޯޓު ލޭންޑް ކުރި އިރު ވައިގެ ތެރޭގައި އަލިފާން ނިވިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ފްލައިޓުން ދަތުރު ކުރި އެކަކަށްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
https://twitter.com/Shoonchy/status/1169640705041453057
މި ހާދިސާއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް