މެލޭޝިޔާގައި އަންހެނަކު އޭނާގެ ޕާސްޕޯޓް އާކުރަން ދިޔަ އިރު ލައިގެން ހުރި ޖިންސު ކުރުކަމުން އަނބުރާ ފޮނުވާލައިފިއެވެ.
މިކަން ދިމާވެފައިވަނީ ޒައު ކިޔާ އަންހެނަކަށެވެ.
އޭނާ ބުނެފައިވާގޮތުގައި އެ ޖިންސަކީ ކަކޫ އެކުގައި ފޮރުވޭ ވަރުގެ ހެދުމެކެވެ. އެހެންނަމަވެސް އިމިގްރޭޝަން އޮފީހަށް ވަނުން، އެ އޮފީހުގެ ސެކުއުރިޓީ އޮފިސަރު މަނާކޮށް ޒައު އަށް އެންގީ ދިގު އެއްޗެއް ލައިގެން އައުމަށެވެ. ނުވަތަ ފޮތިގަނޑެއް އަނދެގެން އައުމަށެވެ.
މެލޭޝިޔާގެ އިމިގްރޭޝަން އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ޕޯސްޓަރެއްގައި ބުނެފައިވާގޮތުގައި ކުރު ސޯޓާއި ކުރު ތިރި ލައިގެން އެ އޮފީހަށް ނުވަދެވޭނެއެވެ. ހެދުން އަޅަންޖެހޭ ގޮތުގެ ފޮޓޯވެސް އެ ޕޯސްޓަރުގައި ހިމަނާފައިވެއެވެ.
މިކަން ދިމާވުމުން ޒައުއަށް ޖެހުނީ ކައިރި ފިހާރައަކަށް ގޮސް ހަރުވާޅެއް ގަންނާށެވެ. އެއަށްފަހު ޕާސްޕޯޓް އާ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުނު ކަމަށް އޭނާ ބުނެފައިވެއެވެ.
މެލޭޝިޔާގެ ބައެއް ސަރަހައްދުތަކުގައި މިފަދަ ކަންކަން އޮންނަނީ ވަރަށް ހަރުކަށި އަދި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށެވެ. އެ އުސޫލުތަކާ ހިލާފުވާނަމަ އަދަބުތައް ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް