ފުލުހުން ހުޅުމާލޭ ފިޔަވަތީގައި އުޅޭ ކުދިންނަށް ޙާއްސަ ހަރަކާތްތަކެއް ބާވައިފި

ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ މާހައުލު ބަދަލުކޮށް،  އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ފުލުހުން ޙާއްސަ ހަރަކާތްތަކެއް ބާވައިފިއެވެ. މި ޙަރަކާތް ކުރިއަށް ގެންގ...

05 Sep 2019 | 10:36

ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ މާހައުލު ބަދަލުކޮށް،  އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ފުލުހުން ޙާއްސަ ހަރަކާތްތަކެއް ބާވައިފިއެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ފުލުހުން ވިދާޅުވީ މި ޙަރަކާތުގައި، ވާހަކަދެއްކުމުގައި ރިވެތި އަދަބުތަކަކީ ކޮބައިކަމާއި، ރިވެތި އަދަބުތަށް ބޭނުންކުރާނެގޮތް ވަނީ އެކުދިންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައެވެ. އަދި މީހުންނާ މުހާތަބު ކުރުމުގައި ރިވެތި އަދަބުތަކުގެ ތެރެއިން، މަޑުމައިތިރިކަން ހިޔާރުކުރުމަށާއި، ތިމާއަށް ވުރެ ބޮޑެތި މީހުންނާ މުހާތަބު ކުރާއިރު އިހުތިރާމާއެކު މުހާތަބު ކުރުމަށާއި، ރަނގަޅު ގޮތުގައި އަހުލާގު ބައްޓަންކުރަންވީ ގޮތް ބުނެދީފައިވެއެވެ.

މިޑްޓާމް ބަންދާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތުގައި، ހުރިހާ ކުދިން ހިމެނޭގޮތަށް ތަފާތު ކުޅިވަރުތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ޑްރިލްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން މޫދަށް އެރުމާއި، ކުލަޖެހުމާއި ތަފާތު ކުޅިވަރުތައް، ފިޔަވަތީގެ ކުދިންނާއި މުވައްޒަފުން ހިމެނޭގޮތަށް ބީޗް ގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތަކީ މިޑްޓާމް ބަންދަށް ޚާއްސަކޮށްގެން، ހުޅުމާލޭ ފިޔަވަތީގެ އެދުމުގެމަތިން، ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ސްޕެޝަލް އޮޕްރޭޝަންސް ޑިޕާޓްމަންޓާ އަދި ހުޅުމާލޭ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް