މަސައްކަތް ދޭނެކަމަށް ބުނެ ބިދޭސީއަކު އަތުން ފައިސާތަކެއް ފޭރިގެންފި

މަސައްކަތް ދޭނެކަމަށް ބުނެ، ބަންގްލަދޭޝް ފިރިހެނަކު، ގަލޮޅު ގެއަކަށް ގެންގޮސް އޭނާގެ އަތުން ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަމަ...

05 Sep 2019 | 10:01

މަސައްކަތް ދޭނެކަމަށް ބުނެ، ބަންގްލަދޭޝް ފިރިހެނަކު، ގަލޮޅު ގެއަކަށް ގެންގޮސް އޭނާގެ އަތުން ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން އޭނާ އެގެއަސް ގެންގޮސް، އޭނާގެ އަތުން 520 ރުފިޔާ ވަނި ފޭރިގެންފައެވެ.

މި މައްސަލައާއި ގުޅިގެން މިހާރު ވަނީ ދެމީހަކު ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން އުމުރުން 23 އަހަރުގެ އަންހެނަކާއި، 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން އިތުރަށް ވިދާޅުވީ މި ދެމީހުންނަކީވެސް ދެ ދިވެހިން ކަމަށެވެ.

މި މައްސަލަ މިހާރު ގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް