އެސްޓިއޯ އިން ވިއްކާ އީމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓިއޯ) އިން ވިއްކާ އީމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. އެސްޓިއޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ކުނ...

05 Sep 2019 | 09:05

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓިއޯ) އިން ވިއްކާ އީމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އެސްޓިއޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ކުންފުނިން ވަނީ ހިލަ، ހިލަވެލި، ހިމުން ވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފަ އެވެ.

އެސްޓިއޯ އިން ވިދާޅުވިގޮތުގައި، އަގުހެޔޮ ކުރުމުގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެހީވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އަދި ރައްޔިތުންނަށް އިމާރާތްކުރުމުގެ ސާމާނު ބާޒާރުގައި ހެޔޮ އަގެއްގައި ލިބޭނެ ފުރުސަތު ހޯދައިދިނުމަކީ އޭގެ އެއް ބޭނުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓިއޯ އިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި ހެޔޮއަގުގައި މުދާ ލިބޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް