ޖާބިރު ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަނީ

ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަން އުޅޭކަމަށް، ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މިހާރު ސަރުކާރުން މަޖިލީހަަށް ހުށަހަޅާފައިވާ މަސްވެރިންގެ ބިލަށް ބަހުސް ކުރައްވަމުނ...

05 Sep 2019 | 08:52

ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަން އުޅޭކަމަށް، ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިހާރު ސަރުކާރުން މަޖިލީހަަށް ހުށަހަޅާފައިވާ މަސްވެރިންގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރަން ހަދައިގެން މިއަދު ރާއްޖޭގައި އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެއީ ކަންތައް ވެގެން ވާނެ ގޮތެއް ނޫން ކަމަށެވެ. އަދި އޭނާ މިހާރު މަސައްކަތް ފަށާފައި ވަނީ ކަނޑު އަޑީގައި ނައިޓް ކްލަބެއް އަޅަން ކަމަށާއި އެ ނައިޓް ކްލަބް އަޅާނީ އެންދެރި ގަސްތަކެއް ކައިރީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިޔަރުތަކާއި ވެލާތަކާއި އެންދެރި ގަސްތައް ވެސް ނެގޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށާއި އަދި އެތަކެތި ކަނޑުއަޑީގައި ހުރި މިންވަރެއް ވެސް ބެލެން ޖެހޭނެ ކަމަށެވެ.

އެހާހިސާބުން މަޖިލީހުގެ ރައީސް، ޖާބިރުގެ އަރިހުން މަޢުލޫއަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަތުމުން ޖާބިރު ވިދާޅުވީ، އޭނާއަށް މަސްވެރިކަމުގެ ވާހަކަ ދައްކަން އެނގޭ ކަމަށެވެ. އަދި އޭނާ ކުޑައިރު މަހަށް ދިޔައިން ކަމަށާއި، މަސްވެރި ކުންފުނީގެ ޗެއާމަން ކަންވެސް ކުރައްވާފައިވާ ކަމަށެވެ.

"ވެލާ ވެސް ނެގެން ޖެހޭ. ކަހަނބު ވެސް ނެގެން ޖެހޭ. މިޔަރު ވެސް ނެގެން ޖެހޭނެ. މަސްވެރިޔާ އުމުރު ދުވަހު މަހަށްދާ ގޮތަކަށް ނޫން ކަންތައްތައް އޮންނަން ޖެހޭނީކީ. އަޅުގަނޑު ވެސް އެންވާރްމަންޓްގެ ކަންކަމާއި މެދު ކޮންސާން ވޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ދާ ޖަހައިގެން މަސް ހިފުމަށް ވެސް މީގެ ކުރިން މަޖިލިސް ޖަލްސާއެއްގައި ގޮވާލާފައެވެ. އަދި ވެލާ ގިނަ ކަމުން ޖާބިރުގެ ޔޮޓްގެ ބުރަފަތި ދެފަހަރު ހަލާކުވެއްޖެ ކަމަށް ވެސް ޖާބިރު މިއަދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް