ފޯނެއް ފޭރުނު މަންޒަރު ފުލުހަކަށް ފެނުމުން ފޭރުނު މީހުން ހުއްޓުވައި ހައްޔަރުކޮށްފި

ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މަންޒަރު ފުލުހަކަށް ފެނުމުން، ފޭރުނު ދެމީހުން ހުއްޓުވައި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހ...

05 Sep 2019 | 07:00

ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މަންޒަރު ފުލުހަކަށް ފެނުމުން، ފޭރުނު ދެމީހުން ހުއްޓުވައި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި މިކަން ހިނގާފައިވަނީ މާވެޔޮމަގުގައެވެ. މިކަން ހިނގާފައިވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފޭރުނު ދެމީހަކު އުޅުނީ ސައިކަލެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

"މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް