ލ.ހިތަދޫ ބަނދަރުގައި އަޅާފައި އޮތް ޑިންގީއަކުން ވަގަށްނެގި އިންޖީނެއް، އެރަށު ގެއެއްގެ ތެރެއިން ހޯދައިފިއެވެ.
ފުލުހުން ބުނީ، އެ ޑިންގީގެ އިންގީނު ވަގަށް ނަގައިގެން، ފުލުހުންނަށް އެ މައްސަލަ ޖައްސާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ އެ އިންޖީނު ހޯދާ، އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައެވެ.
މި އިނޖީނު ފެނިފައިވަނީ ފުލުހުން ކުރި މަސައްކަތުން، ރޭ21:25 ވީހާއިރު، ހިތަދޫ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެއް.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ މިހާރު ގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުން ކަމަށް، ފުލުހުން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް