ދައުރު ނުނިންމާ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް!

ދައުރު ނުނިންމާ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލިސް މިއަދަށްފަހު ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ގަ...

05 Sep 2019 | 05:30

ދައުރު ނުނިންމާ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލިސް މިއަދަށްފަހު ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ގަސްތުކުރައްވަނީ ދައުރު ނުނިންމައި ބޭއްވުމަށްކަމަށެވެ. އަދި ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސް ބާއްވަން ޖެހިދާނެކަމަށާއި، އެގޮތަށް މެމްބަރުންވެސް ތައްޔާރުވެގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހެވެ. އެހެންނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުން، މި ހަފްތާގެ ނިންމާފައި ޗުއްޓީއަށް ދިޔުމަށް މަޑުކުރީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް