ސ.ހިތަދޫ ޕޯޓް ލިމިޓެޑްގެ ބަނދަރަށް ދާ ދިމާލު ހިލަތަކުގެ މައްޗަށް ސައިކަލާއެކު ވެއްޓުނު ޒުވާނާ މާލޭ ނިޔާވެއްޖެއެވެ.
މި ޒުވާނާ ނިޔާވެފައިވަނީ ފަރުވާދެމުން ދަނިކޮށް، އިނދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. މިދިޔަ އާދިއްތަ ދުވަހު ނިޔާވެފައިވަނީ ސ. ހިތަދޫ ނާޒުކީގޭ، އުމުރުން 46 އަހަރުގެ އަހުމަދު ޒަރީރު އެވެ.
ޒަރީރު ބަނދަރަށް ގޮސްފައިވަނީ ބޯޓު ހުސްކުރުމަށް ގްރޫޕަކާ ހަވާލުކުރެވިފައިވާ މަސައްކަތަށް އާދީއްތަ ދުވަހު ހެނދުނެވެ. ހިލަތަކުގެ މައްޗަށް ވެއްޓި ޒަރީރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެ ހާލު ސީރިއަސް ވުމުގެ ސަބަބުން ހަމަ އެދުވަހު އެމަޖެންސީގައި މާލެ ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް