ރިލްވާންގެ ރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން އަނބުރާ ނަގާފައެއް ނުވޭ

ރިލްވާންގެ މައްސަލައިގައި، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ އަތުން އަނބުރާ ނަގާފައިނުވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށ...

05 Sep 2019 | 04:52

ރިލްވާންގެ މައްސަލައިގައި، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ އަތުން އަނބުރާ ނަގާފައިނުވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މި ހަފްތާގެ އަނގާރަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ރިޕޯޓް ހިއްސާ ނުކުރުމަށް ކޮމިޝަންގެ ރައީސް އެދިފައިވާ ކަމަށާއި، އަދި ޕާޓީތަކުގެ ލީޑަރުންނަށް ހިއްސާ ކުރި ރިޕޯޓްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ގިނަ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ “މިނިވަން” ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ރިލްވާން މިހާރު ވަނީ މަރާލާފައި ކަމަށާއި، އޭނާ މަރާލީ ވަގަށް ނަގައިގެން ގެންގޮސް، ޑިންގީ އަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، އަދި ކަނޑު ބޯޓަކަށް އަރުވާ، އޭނާގެ ބޯ ބުރުކޮށްލައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން، ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށާއި، އެކަން ކުރި މީހުންވެސް މިހާރު އެނގިފައިވާކަމަށް ސުއުދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް