ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި އައު ފާރމަސީއެއް އެސްޓީއޯ އިން މިއަދު ހުޅުވައިފިއެވެ. އައި.ޖީ.އެމް.އެޗް ގެ ދަރުމަވަންތަ ކޮމްޕްލެކްސްގައި ހުޅުވި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އައިޖީއެމ...

05 Sep 2019 | 02:56

"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި އައު ފާރމަސީއެއް އެސްޓީއޯ އިން މިއަދު ހުޅުވައިފިއެވެ.

އައި.ޖީ.އެމް.އެޗް ގެ ދަރުމަވަންތަ ކޮމްޕްލެކްސްގައި ހުޅުވި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހުސައިން ޢަމްރު މުޙައްމަދު ރަޝާދެވެ. މި ފާމަސީގެ ހިދުމަތް ހޮސްޕިޓަލްގެ އޯޕީޑީ ހުޅުވާފައި ހުންނަ ހުރިހައި ވަގުތެއްގައިވެސް ލިބޭނެކަމަށް އެސްޓީއޯ މެޑިކަލްސްއިން މައުލޫމާތު ދެއްވިއެވެ.

އެސްޓީއޯގެ އެހެން ފާމަސީތަކާއި އެއްގޮތަށް މިފާމަސީއިންވެސް އާސަންދަ އާއި، އެލައިޑް އަދި އަމާނާތަކައްފުލް އިންޝުއަރެންސް ކަވަރު ކުރާނެ ކަމުގައި އެސްޓީއޯއިން ބުނެއެވެ.

މި ހަފްލާގައި  އެސްޓީއޯގެ އިސްވެރިންގެ އިތުރުން  އައި.ޖީ.އެމް.އެޗް ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ފާމަސީއަކީ މިކުންފުނީން ހުޅުވި 188 ވަނަ ފާމަސީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް