ތަޖުރިބާ ދަތުރެއްގައި ވިލާ ކޮލެޖުގެ 45 ދަރިވަރަކު ތުރުކީއަށް ފުރައިފި

ވިލާކޮލެޖްގެ 45 ދަރިވަރުން އެކްސްޕޯޝަރ ދަތުރެއްގައި،  އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަންކަމަށްވާ، ތުރުކީއަށް ދިއުމަށްޓަކައި މިއަދު ފުރައިފިއެވެ. ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެސޮސިއޭޝަނުން ...

04 Sep 2019 | 23:33

ވިލާކޮލެޖްގެ 45 ދަރިވަރުން އެކްސްޕޯޝަރ ދަތުރެއްގައި،  އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަންކަމަށްވާ، ތުރުކީއަށް ދިއުމަށްޓަކައި މިއަދު ފުރައިފިއެވެ.

ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މެނޭޖްމެންޓާއި ގުޅިގެން ރާވައިފައިވާ މިދަތުރުގައި ތުރުކީގެ ހަ ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ތުރުކީގެ ބައެއް ޔުނިވާރސިޓީތަކުގެ އިތުރުން ތާރީޙީ ބައެއް ތަންތަން ބަލާލަން ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނުވަ  ދުވަހަށް ތުރުކީއަށްކުރާ މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓާސް، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުން ހިމެނެއެވެ. އަދި ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަސްގެ ދަރިވަރުންގެ އިތުރަށް އަތޮޅުތެރޭގެ ކެމްޕަސްތަކުންވެސް ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ސްޓޫޑެންޓް އެސޯސިއޭޝަނުން މައުލޫމާތުދޭގޮތުގައި މި ފަހަރުގެ މި ދަތުރު ތުރުކީއަށް ދިއުމަށް ރާވާފައިވަނީ ތުރުކީ އަކީ އިސްލާމީ ގައުމަކަށް ވެފައި، ގަދީމީ ގޮތުން ބަލާއިރުވެސް ވަރަށް ގިނަ ކަންތައްތަކެއްވާ ގައުމަކަށް ވާތީކަމަށެވެ.

ވިލާ ކޮލެޖު ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުވެސް  ވަނީ ދުނިއޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމުކަމަށް ވާ ޔޫ.އޭ.އީ ގެ ދުބާއި އަދި އަބޫދާބީ ސިޓީއަށް ހަތް ދުވަހުގެ ދަތުރެއް ކޮށްފައެވެ.

އެގޮތުން ދަރިވަރުންނައް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފައިދާހުރި ދަތުރަކަށް މި ދަތުރުވެސް ވެގެންދާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

އަދި މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް