ގިނަ އަދަދެއްގެ ބޮޑީ ސްޕްރޭ އާއި ރޯލޯން ހުރި ފޮށިގަނޑެއް ވަގަށްނެގި މީހަކު ޅ. ކުރެންދޫން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ވައްކަމުގެ މައްސަލަ އިއްޔެގައެވެ. ހުށަހަޅާފައިވަނީ 48 ފުޅި ބޮޑީ ސްޕްރޭ އާއި 11 ފުޅި ރޯލޯން ހުރި ފޮށިގަނޑެއް ގެއްލިގެންނެވެ.
"މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން ތުހުމަތު ކުރެވޭ ފަރާތް ތަކެއްޗާއެކު ހޯދާފައިވޭ، އަދި މިއަދު 12:45 ހާއިރު ފޮށިގަނޑު ވެރިފަރާތައް އަނބުރާ ހަވާލުކޮށްފައިވޭ" ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް