ރ. ރަސްގެތީމުން ވަގަށްނެގި ޖީޕީއެސްއެއް މާލެއިން ހޯދައި، އެ ޖީޕީއެސް ވަގަށްނެގި މީހާ ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 26 އޯގަސްޓް 2019 ވަނަ ދުވަހުގައެވެ. އަދި މި މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ އޭގެ ޖެހިގެން އައި ދުވަހުގައެވެ.
"މި ޖީޕީއެސް އެހެން މީހަކަށް ވިއްކާފައިވަނިކޮށް އެމީހާ މި ޖީޕީއެސް ހިފައިގެން މާލޭގައި އުޅެނިކޮށް 4 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުލުހުން ވަނީ މި ޖީޕީއެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް